ތަވްޙީދުގެ އަހުލުވެރިން
ތަވްޙީދަށްވުރެ، މާތް މަތިވެރި، ފައިދާތައް ގިނަ އެހެން އެއްވެސް ޢަމަލެއް ނުވެއެވެ. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔަބަކީ ތަވްޙީދުގެ މޭވާތަކުގެ ތެރެއިން މޭވާއެއްކަމުގައި މެނުވީ ނުވެއެވެ. ތަވްޙީދުގެ އަހުލުވެރިން ގިނަވެއްޖެނަމަ އުޚުވަތްތެރިކަމާއި، އަމަންއަމާންކަން ފެތުރިފައިވާ މުޖުތަމަޢަކަށް އެތަންވެގެންދެއެވެ. އެހެންކަމުން ޝެއިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ބިންމަތީގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުވެގެންދަނީ، ﷲއެއްކައުވަންތަކޮށް، އެއިލާހާއި، އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމުންކަން، ދުނިޔޭގެ އެކިކަންކޮޅުތަކުގެ ޙާލަތަށް ނަޒަރު ހިންގައިލި ކޮންމެމީހަކަށްމެ އެނގިގެންދާނެއެވެ. އަދި…