އިބުރަތްތެރި ވާހަކަ: އެތީސްޓުންނަށް އިމާމު އަބޫ ހަނީފާ ދެއްވި ރައްދު
އަޤީދަތުލް ވާސިތިއްޔާގެ ޝަރަޙައިގައި އައްލާމާ ޝައިޚު ޢުޘައިމީން ރަޙިމަހުﷲ ގެންނަވާފައިވެއެވެ. “(ﷲގެ ވޮޑިގެންވާކަމަށް އިންކާރުކުރާ) އިންޑިޔާގެ ބަޔަކު އިމާމު އަބޫ ހަނީފާ ރަޙިމަހުﷲގެ އަރިހަށް އައެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމާއި މެދު އެބައިމީހުން އިމާމު އަބޫ ޙަނީފާއާއި ބަހުސްކޮށްފިއެވެ. އިމާމު އަބޫ ޙަނީފާއަކީ ވަރަށް ބުއްދިވެރި ޢިލްމުވެރިޔެކެވެ. އަދި ދުވަހެއް ނުވަތަ ދެ ދުވަސް ފަހުން އެބައިމީހުންނާ ބައްދަލުކުރުމަށް ވަޤުތެއް ކަނޑައެޅިއެވެ. އަދި އެބައިމީހުން އަތުވެއްޖެއެވެ. އެބައިމީހުން ބުންޏެވެ. ކަލޭގެފާނު (ކަލަކުވޮޑިގެންވުމާއި މެދު) ބުނަނީ […]