ތަރުބަވީ ނަފްސާނީ ޢިލްމުގެ އަސާސްތަކުގައި އިސްލާމްދީނާ ހުޅަނގާ ދެމެދު ހުރި ފަރަޤު
އިސްލާމީ ތަރުބަވީ ނަފްސާނީ ޢިލްމުގެ މުހިއްމު އަސާސްތައް 1- ތައުޙީދު 2- އިންސާނާގެ އަޞްލަކީ އާދަމް ޢަލައިހިއްސަލާމެވެ. އާދަމް ޢަލައިހިއްސަލާމް އުފެއްދެވުނީ ވެލިންނެވެ. 3- އިންސާނާއަކީ ކަރާމާތްތެރިކުރެވިގެންވާ މަޚްލޫޤެކެވެ. وَلَقَدْ كَرَّمْنَا بَنِي آدَمَ – الإسراء: ٧٠ މާނަ: “ހަމަކަށަވަރުން، ތިމަންއިލާހު، އާދަމުގެދަރިން މާތްކުރެއްވީމެވެ.” 4- އިންސާނުންގެ ވަޒީފާއަކީ އަދި އިންސާނުން ވުޖޫދުކުރެއްވުމުގެ ބޭނުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުވެތިކަން އަދާކުރުމާއެކު މި ދުނިޔެ ޢިމާރާތްކުރުމެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ- الذاريات: […]