ބޭނުމަކީ މީހުން އިސްލާޙުވިޔަ ނުދިނުމެވެ

ދުނިޔޭގެ މީޑިޔާއަކީ ވަކިފަރާތަކަށް ނުޖެހި ޚަބަރު ފަތުރާ ވަޞީލަތްތަކެކޭ ބުނެފިނަމަ އަހަރެން އެވާހަކަ ޤަބޫލެއް ނުކުރާނަމެވެ. ސަބަބުތައް ބައިވަރެވެ. ދުނިޔޭގެ މީޑިޔާއިން އެބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެއްބަޔަކީ އަހަރެމެންނެވެ. އަހަރެމެންނާ ދެކޮޅަށް ކުރާ ހަނގުރާމަކީ އަހަރެމެން މުސްލިމުންނަށް ވީތީވެ، އަހަރެމެންނަކީ މުވައްޙިދުންނަށް ވީތީވެ، އަހަރެމެން ﷲގެ ޙުކުމްފުޅުތަކާއި އެއިލާހު ފޮނުއްވި މާތް ނަބިއްޔާއަށް ތަބަޢުވުމަށް މަސައްކަތް ކުރާތީ، އަހަރެމެންނާމެދު އެވެރިންގެ ހިތުގައި އޮންނަ ނަފުރަތާއި ޙަސަދަވެރިކަމުގެ ސަބަބުން ކުރާ ހަނގުރާމައެވެ. ބޭނުމަކީ މީހުން އިސްލާޙުވިޔަ ނުދިނުމެވެ. […]