ثلاثة الأصول 3

ދެންފަހެ، އިންސާނާގެ މައްޗަށް ދެނެގަތުން ވާޖިބު ވެގެންވާ ތިން އަޞްލަކީ ކޮބައިހޭ ބުނެވިއްޖެނަމަ ތިބާ ބުނާށެވެ. އެއީ އަޅާ އޭނާގެ ރައްބު މަޢުރިފާކޮށް ދެނެގަތުމާއި، އެއިލާހުގެ ދީނާއި، އަދި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ މަޢުރިފާކޮށް ދެނެގަތުމެވެ. ފުރަތަމަ އަޞްލު ތިބާގެ ގާތުގައި، ތިބާގެ ރައްބަކީ ކޮބައިތޯ އެހިއްޖެނަމަ ބުނާށެވެ. އަހަރެންގެ ރައްބަކީ ﷲ އެވެ. އެއިލާހީ އެއިލާހުގެ ނިޢުމަތުން އަހަރެން ހައްދަވާ ގެންގުޅުއްވާ އަދި އެންމެހާ ޢާލަމްތައް ހައްދަވާގެންގުޅުއްވާ އިލާހެވެ. އަދި އެއީ އަހަރެން […]