ދެމަފިރިން

ފިރިމީހާއާއި އަނބިމީހާއާއި ދެމީހުންނަކީ ދުނިޔޭގެ ޙަޔާތް ދެމީހުން އެކުއެކީ ވޭތުކުރަން ދިމާވެފައިވާ ދެމީހުންނެވެ. އެދެމެދުގައި ހުންނަންޖެހޭ އެކުވެރިކަމާއި ލޯބިވެރިކަމާ އިޚްލާޞްތެރިކަމާއި ގާތްކަމާ ސިއްރު، އެހެނިހެން ދޭދޭ މީހުންގެ ދެމެދުގައި ހުންނަންވާ މިބާވަތުގެ ކަންކަމާ ވަރަށް ތަފާތެވެ. އަދި އެމީހުންގެ ދެމެދުގައި ހުންނަ ޙައްޤުތައް ހުރީ ދެމީހުންކުރެ ކޮންމެ މީހަކު އަނެކަކުގެ މައްޗަށް އަދާކުރުން ވާޖިބުވެގެންވާ ތަފާތު ޙައްޤުތަކާއި އަދި ދެމީހުން އެކުވާ ޙައްޤުތަކެކެވެ. ކީރިތި ޤުރުއާންގެ ބައެއް އާޔަތުން މިދެންނެވި ޙައްޤުތައް ޖުމްލަވީ ގޮތެއްގައި ބަޔާންކޮށްދެއްވައެވެ. ރަސޫލު […]