ثلاثة الأصول 4

ﷲ ތަޢާލާ އަމުރުކުރައްވާފައިވާ އަޅުކަމުގެ ބާވަތްތަކަކީ، މިސާލަކަށް އިސްލާމްކަން، އީމާންކަން، އިޙްސާންކަން އޭގެތެރޭގައި ދުޢާކުރުމާއި، ބިރުވެތިވުމާއި، އުއްމީދުކުރުމާއި، ވަކީލުކުރުމާއި، ހެވަށް އެދުމާއި، ބިރުވެތިވުމާއި، އަދި މަޑުމޮޅިވެ މަޑުމައިތިރިވުމާއި ބިރުގަތުމާއި (ޚަޝިޔަތާއި)، ތައުބާވުމާއި، ވާތްގަށްއެދުމާއި، ރައްކާތެރިކަމަށްއެދުމާއި މަދަދަށްއެދުމާއި، ކަތިލުމާއި، ނަދުރުބުނުމާއި އަޅުކަމުގެ ބާވަތްތަކުގެ ތެރެއިން މިނޫންވެސް، މާތް ﷲއަމުރު ކުރައްވައިފައިވާ އެންމެހާ ކަންތައްތަކެވެ. އެހުރިހާ ކަމަކީވެސް ހަމައެކަނި ﷲ އަށް ވާ ކަންކަމެވެ. މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. وَأَنَّ الْمَسَاجِدَ لِلهِ فَلَا تَدْعُوا مَعَ […]