ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަށް ޝިރުކު ވެގެންދާ ސަބަބުތައް
ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަށް ޝިރުކު ވެގެންދަނީ އަންނަނިވި ކަންތައްތަކުގެ ސަބަބުންނެވެ. 1- އޭގައި ވަނީ އުފެއްދެވި ފަރާތާއި އުފެއްދުން ތައް އެއްގޮތް ކުރުމެވެ. ޚާލިޤާއި މަޚްލޫޤް އެއްގޮތް ކުރުމެވެ. އެހެނީ އެއްވެސް ފަރާތަކާ ﷲ އާ ޝިރުކުކޮށްފި މީހަކު ﷲ ގެ މަޚްލޫޤް ތަކުންގެ ތެރެއިން މަޚްލޫޤަކާ ﷲ އެއްފަދަކޮށްފިއެވެ. މިއީ އަނިޔާވެރިކަމުގެ ތެރެއިން ވާ އެންމެބޮޑު އަނިޔާއެވެ. إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ[1] މާނައީ: “ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ” وَمِنَ النَّاسِ […]