އިސްލާމްދީނުގެ ކުރީގައި ޢަރަބީން

ޖޯގުރަފީގެ ޢިލްމު (ކާއިނާތުގެ ޤުދުރަތީ ސިފަތަކާ ބެހޭގޮތުން ކިޔަވާ ޢިލްމު) ގައި ޖަޒީރާއަކީ ވަށައިގެން ކަނޑު، މޫދު ނުވަތަ ފެން އޮންނަ ބިން ގަނޑެކެވެ. އެ ޤައުމެއްގެ ހަތަރު ފަރާތުން (އިރުމަތީ ފަރާތުންނާއި ހުޅަނގުފަރާތުންނާއި އުތުރު ފަރާތުން އަދި ދެކުނު ފަރާތުން) ކަނޑު ނުވަތަ މޫދު ނެތްކަމުގައިވިޔަސް އެ ޤައުމެއްގެ ތިން ފަރާތުން ކަނޑު ނުވަތަ މޫދު އޮންނަ ޤައުމުތަކަށްވެސް ޖޯގުރަފީގެ ޢިލްމުގައި ޖަޒީރާ ކިޔައެވެ. ޢަރަބި ޖަޒީރާއޭ ކިޔަނީ ދުނިޔޭގެ އޭޝިޔާ ބައްރުގެ އިރު އުތުރުގައި […]