ފިރިމީހާގެ ތަކެއްޗަށް ރައްކާތެރިވުން
ފިރިމީހާގެ ގެޔާ އޭނާގެ ދަރިންނާ އަދި އޭނާގެ މުދަލާ ރައްކާތެރިކޮށް ބަލަހައްޓާ ހެދުމަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. “وَالْمَرْءَةُ رَاعِيَةٌ عَلَي أَهْلِ بَيْتِ زَوْجِهَا وَوَلَدِهِ وَهِيَ مَسْئُوْلَةٌعَنْهُمْ“(ޞަޙީޙުލް ބުޚާރީ 7138) މާނައީ: “އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ އަހުލު ވެރީންނާއި، އަދި ފިރިމީހާގެ ދަރިންގެ ކަންތައްތައް ބަލަހައްޓާ ވެރިއެކެވެ. އެމީހުންގެ ކަންތަކާމެދު އެކަނބުލޭގެ އާ ސުވާލުކުރެވޭނެއެވެ.” މިއެވެ. އަދި އެހެން ރިވާޔަތެއްގައި […]