ފިރިމީހާގެ އަބުރު ރައްކާކުރުން
ތިމާގެ ފިރިމީހާގެ އަބުރު ރައްކާކޮށް އެކަމުގެ މައްޗަށް ފަރުވާތެރިވެ އޭނާއަށް ޝަރަފުވެރިކަން ހޯދައި ދިނުމީވެސް އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤެކެވެ. އަނބިމީހާއީ ހުރިހާ ގޮތަކުންވެސް ފިރިމީހާގެ ހުރިހާކަމެއް ބަލަހައްޓާ އޭނާގެ ސިއްރު ވެރިޔާއެވެ. އަނބިމީހާ ސިފަކޮށްދެއްވައި ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވާތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅެއް ވިދާޅުވާށެވެ. (فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ) – النساء: ٣٤ މާނައީ : “ފަހެ ޞާލިޙް އަންހެނުންނަކީ މަތިވެރި މާތްﷲ އަށާއި، އަދި ތިމާގެ ފިރިމީހާއަށް އަދާކުރަންޖެހޭ […]