ނަބިއްޔާ صلى الله عليه وسلمއަށް ތަބަޢަވުމާމެދު އަހަރެމެން އިމްތިޙާނުކުރެވެމުންދަނީ

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަހަރެމެންނަށް ތެދުމަގު ދައްކަވާފައެވެ. އަނދިރި ކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވާފައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބަރަކާތުން ދެދުނިޔޭގެ ހެޔޮކަން އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އެކަލޭގެފާނުދެކެ ލޯބިވުން އަހަރެމެންގެ މައްޗަށް ﷲ ތަޢާލާ ވަނީ ވާޖިބުކުރައްވާފައެވެ. އެކަލޭގެފާނަށް ޢިއްޒަތްކުރުމާއި އެކަލޭގެފާނަށް ނަޞްރު ދެވެން އޮތް ކޮންމެ ގޮތަކުން ނަޞްރުދިނުމާއި، ކޮންމެ ހިނދެއްގައިވެސް އަހަރެމެންގެ އަމިއްލަނަފްސުތަކުގެ މައްޗަށް އެކަލޭގެފާނުގެ ނިންމެވުން އިސްކުރުމާއި އެކަލޭގެފާނުގެ ރިސާލަތަށް ކުރެވޭ ކޮންމެ […]