ރަސޫލުﷲ صلى ﷲ عليه و سلم ގެ މައްޗަށް ޞަލަވާތްކިޔެވުމުގެ މާތްކަމާއި ޞަލަވާތް ކިޔަވާނޭ ގޮތް

ޞަލަވާތް ކިޔެވުމުގެ މާތްކަން رسول الله صلّى الله عليه وسلّم حديث ފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތްކިޔަވައިފިމީހާ ދަންނައެވެ. މާތްﷲ އޭނާގެ މައްޗަށް ދިހަފަހަރު ރަޙުމަތްލައްވާނެއެވެ.” – أخرجه مسلم. އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ޤަބުރުފުޅު ވަކިވަގުތެއް ކަނޑައަޅައިގެން ޒިޔާރަތްކުރާ ތަނެއްކަމުގައި ތިޔަބައިމީހުން ނުހަދާށެވެ. އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުން ކިޔަވާޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ފޯރާނެއެވެ. އެއީ ތިޔަބައިމީހުން ކޮންމެތަނެއްގައި ވީނަމަވެސްމެއެވެ.” رواه أبو داود […]