ثلاثة الأصول 12

އަދި މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވޭނެއެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَى-طه: ٥٥މާނަ: “ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ އެބިމުންނެވެ. އަދި ތިމަންއިލާހު އެބިމަށް ތިޔަބައިމީހުން އިޢާދަކުރައްވާހުށީމެވެ. ދެން އަލުން ދެވަނަފަހަރަށް އެބިމުން ތިމަންއިލާހު ތިޔަބައިމީހުން ނެރުއްވާހުށީމެވެ.” އަދި ﷲ ތަޢާލާގެ މިބަސްފުޅުވެސް މެއެވެ. وَاللَّـهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا ﴿١٧﴾ ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا ﴿١٨﴾- نوح: ١٧ […]