ޠަހާރަތު ޙާޞިލުކުރެވޭ ފެން

އެއްޗެއް ޠާހިރު ކުރުމަށްޓަކައި ނުވަތަ ޠާހިރުކަން ލިބިގަތުމަށްޓަކައި ޠާހިރުކުރާނެ އެއްޗަކަށް ބޭނުންވެއެވެ. އޭގެން ނަޖިސް ފިލުވާލައި އަދި ޙަދަޘް އެރިގަތުމަށެވެ. އެއީ ފެނެވެ. ފެނުގެ ތެރެއިން ޠަހާރަތު ޙާޞިލުކުރެވެނީ ޠަހޫރު ފެނުންނެވެ. އެއީ އޭގެ ޒާތުގައި ޠާހިރުފެނެވެ. އަދި އެހެނިހެން ތަކެތި ޠާހިރުކުރާ ފެނެވެ. އެއީ އެ ފެން އުފެއްދެވި ގޮތަށް ހުރި ނުވަތަ އޭގެ އަޞްލަށް ބަދަލު ނާންނަ ފެނެވެ. އެއީ ވާރޭފެން، ގަނޑުފެން އަދި ސްނޯ ފަދަ އުޑުން ވެހޭ ފެންކަމުގައިވިޔަސް އަދި ކޯރާއި […]