ނަޖިހާ އެކުވެފައިވާ ފެން

ފެން ނަޖިހާ އެކުވެ އޭގެ ވަސް ނުވަތަ ރަހަ ނުވަތަ ކުލަ މި ތިނެތީގެ ތެރެއިން އެކަތި ނަމަވެސް ބަދަލުވެއްޖެނަމަ ޢިލްމުވެރިން އިޖުމާޢުވެފައިވާ ގޮތުގައި އެއީ ނަޖިސްފެނެވެ. އަދި އެފެން ބޭނުންކުރުން ހުއްދަވެގެން ނުވެއެވެ. އެފެނުން ޙަދަޘް އެރިނުގަނެވޭނެއެވެ. އަދި ނަޖިސްވެސް ފިލުވާ ނުލެވޭނެއެވެ. އެއީ ގިނަ ފެން ކަމުގައިވިޔަސް ނުވަތަ މަދުފެންކަމުގައިވިޔަސް މެއެވެ. ފެން ނަޖިހާ އެކުވެ ކުރިން ދެންނެވި ތިން ސިފައިގެ ތެރެއިން ސިފައެއް ބަދަލުނުވިނަމަ އެއީ ގިނަ ފެން ކަމުގައިވަންޏާ އެ ފެން […]