ކުޑަކުދިންގެ ވާހަކަ: މީދާ ދަތްއެޅީއެވެ.
އާޔަން އާއި އޭނަގެ ކޮއްކޮ އަވާން މިސްކިތުން ގެއަށް އައުމުން މަންމަ ދެކުދިންނަށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ކާން ގޮވިއެވެ. އަދި “ބިސްމިކިޔައިގެން ކާންފަށާ،” ބަސްއަހައިގެން، ތިބިތާ ތިބެ ކެއުންނިންމާލުމަށް ނަސޭޙަތްތެރިވެފައި މަންމަ ވަނީ ޢިޝާނަމާދު ކުރާށެވެ.