ތަރުބިއްޔަތުގެ އިޞްޠިލާޙީ މާނަ
އަލްބައިޟާވީ އޭނާގެ ފޮތް އަންވާރުއް ތަންޒީލް ވަ އަސްރާރުއް ތައުވީލުގައި ލިޔެފައިވާ ގޮތުގައި ތަރުބިއްޔަތަކީ މަޑުމަޑުން އެއްޗެއް ފުރިހަމަވަމުން އައުމެވެ. އައްރާޣިބުލް އަޞްފަހާނީ އޭނާގެ ފޮތް މުފްރަދާތު ފީ ޣަރީބިލް ޤުރުއާނުގައި ލިޔެފައިވާ ގޮތުގައި ތަރުބިއްޔަތަކީ ކަނޑައެޅިފައިވާ އިމެއްގެ ތެރޭގައި އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވަމުން ގޮސް ފުރިހަމަވުމެވެ. މިއީ ތަރުބިއްޔަތުގެ ލުޣަވީ މާނަތަކެކެވެ. އެހެންކަމުން އިޞްޠިލާޙުގައި ތަރުބިއްޔަތަކީ: تَنْشِئَةُ الإِنْسَانِ شَيْئًا فَشَيْئًا فِي جَمِيْعِ جَوَانِبِهِ, اِبْتِغَاءَ سَعَادَةَ الدَّارَيْنِ, وِفْقَ الْمَنْهَج الإِسْلامِي […]