ޠާހިރު އެއްޗަކާ އެކުވެފައިވާ ފެން

ފެން ޠާހިރު އެއްޗަކާ، މިސާލަކަށް ގަސްގަހާގެހީގެ ފަތް ނުވަތަ ސައިބޯނި ނުވަތަ އުޝްނާނު (އުޝްނާނަކީ އަތް އަދި ފޭރާން ދޮވުމަށްޓަކައި އޭގެ ފަތް ބޭނުންކުރާ ގަހެކެވެ) ނުވަތަ ކުންނާރުފަތް ނުވަތަ އެނޫންވެސް ޠާހިރު އެއްޗަކާ، އެކުވެއްޖެނަމަ އަދި އެ އެކުވި އެކުވުން އޭގައި ހުރި ފެނުގެ މައްޗަށް ގަދަވެނުގެންފި ނަމަ، އެއީ ޠަހޫރު ފެނެކެވެ.