މިއުޒިކް ބޭނުންކޮށްގެން ބޭސްފަރުވާކުރުން
މިއުޒިކުން ބޭސްފަރުވާކުރުމަކީ އަޞްލެއްއޮތްކަމެއްނޫނެވެ.
ތަފްސީރުގެ މާނަ
ތަފްސީރުގެ ލުޣަވީ މާނަ: އެއީ ބަޔާންކޮށް ދިނުން ނުވަތަ ހާމަކޮށްދިނުން ނުވަތަ ފާޅުކޮށްދިނުން ނުވަތަ ކަޝްފުކޮށްދިނުމެވެ. ތަފްސީރުގެ އިޞްޠިލާޙީ މާނަ: ޒަރްކަޝީ ރަޙިމަހުﷲ ތަފްސީރު އިޞްޠިލާޙުގައި މާނަކުރައްވާ ގޮތުގައި އެއީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވައިލެއްވުނު ﷲ ތަޢާލާގެ ފޮތް ފަހުމުކޮށް ދެނެގަތުމުގެ ޢިލްމެވެ. އަދި އޭގެ މާނަތައް ބަޔާންކުރުމާއި އޭގެން ޙިކުމަތާއި ޙުކުމް ނެރެދޭ ޢިލްމެވެ.” އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވާގޮތުގައި ތަފްސީރަކީ ކީރިތި ޤުރުއާނުގެ މާނަ ބަޔާންކުރުމެވެ.