ތަފްސީރު ބެހޭ ބައިތައް

ތަފްސީރު ބެހެނީ ދެބަޔަކަށެވެ. އެއީ 1: އައްތަފްސީރު ބިލްމައުޘޫރި (ބިއް ރިވާޔާ) 2- އައްތަފްސީރު ބިއްރައުޔި (ބިއް ދިރާޔާ) ތަފްސީރު ބިލް މައުޘޫރި: އެއީ ކީރިތި ޤުރުއާނުގެ ތަފްސީރު ހަމަ ކީރިތި ޤުރުއާނުން ބަލައިގެންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަގޮތުގައި ނަޤުލުވެފައިވާ ޙަދީޘްތަކަށް އިސްކަންދީގެން އަދި މާތް ޞަޙާބީންގެ ކިބައިން ނަޤުލުވެފައިވާ ބަސްފުޅުތަކަށް ރިޢާޔަތްކޮށްގެން، ﷲ ތަޢާލާގެ އެ ބަސްފުޅުތަކުގެ މުރާދު ތާބިޢީ ބޭކަލުން ބަޔާންކުރެއްވި ކުރެއްވުމަށްވެސް ސަމާލުކަން ދީގެން ކީރިތި ޤުރުއާން ތަފްސީރުކުރުމެވެ. […]