ތަރުބިއްޔަތައިގެން މަސައްކަތްކުރުމުގެ މުހިއްމުކަން

ފަރުދުންގެ ޙައްޤުގައި ތަރުބިއްޔަތައިގެން މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދަރީންނާއި އަދި އެނޫންވެސް ތަރުބިއްޔަތަށް ބޭނުންޖެހިފައިވާ ކޮންމެ ފަރުދެއްގެ ޙައްޤުގައި މިއީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެބައެއްގެ ދަށުގައި ބަޔަކު ލައްވާފައިވާ ކޮންމެ ބަޔަކާ ﷲ ތަޢާލާ ޙަވާލުކުރައްވާފައިވާ މައްސޫލިއްޔަތެކެވެ. އެކަމާމެދު ސުވާލު ވެވޭނެ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ […]