ޝިރުކުގެ ވައްތަރުތައް2

ކުދި ޝިރުކުގެ ފުރަތަމަ ބައި: ފާޅުވެގެންވާ ޝިރުކެވެ. ލަފުޒުންނާއި ޢަމަލުންނެވެ. ފަހެ ލަފްޒުން ޝިރުކުވާ ގޮތަކީ ޝިރުގެ ލަފްޒު ނުވަތަ ޢިބާރާތް ބުނުމެވެ. މިސާލަކަށް ﷲ ފިޔަވައި އެހެންތަކެތި ގަންދީ ހުވާކުރުންފަދަ ކަންކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ )) [رواه الترمذي وحسّنه وصَحَّحَهُ الحاكم] މާނައީ: ﷲ ފިޔަވައި އެހެން އެއްޗެއް ގަންދީ ހުވައިކޮށްފިމީހާ ހަމަކަށަވަރުން ކާފަރުވެއްޖެއެވެ. ނުވަތަ ޝިރުކު ކޮށްފިއެވެ. […]