ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަޞްރުދިނުން

އޭ ﷲ ގެ މުއުމިނު އަޅާއެވެ. މި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިވާ، ތަބާވާ މީހުންގެ ތެރެއިން ވާށެވެ. ކާފިރުންނަށް ވާގިވެރިނުވާށެވެ. އަދި ކިއެއްތަ ކާފިރުންނީ ޢާލަމްތަކުގެ ވެރި ﷲ އެބަޔަކުދެކެ ކޯފާއިސްކުރައްވާފައިވާ ބައެކެވެ. އެމީހުންނާ ވައްތަރުނުވާށެވެ. ހަމަކަށަވަރުންވެސް ބަޔަކާ ވައްތަރުވެގެންފި މީހަކު ވަނީ އެމީހުންގެ ތެރެއިންނެވެ. ތިބާގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، ތަބާވުމުންނާއި، ލޯބިވުމުންނާއި މުޝްރިކުންނާ ގުޅުންކެނޑުމުން، ނަޞްރުދޭށެވެ. ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް […]