ރަމަޟާންމަސް އައުމުން ތަހުނިޔާ ކިޔުން

ސުވާލު: ރަމަޟާންމަސް ވަނުމުން (އެއްބަޔަކު އަނެއްބަޔަކަށް) ތަހުނިޔާކިޔުމަކީ ހުއްދަ ކަމެއްތޯއެވެ؟ ނޫނީ އެއީ ބިދުޢައެއް ތޯއެވެ؟ ޖަވާބު: ހުރިހާ ޙަމްދެއް ހުރީ ﷲ އަށެވެ. ރަމަޟާންމަސް ވަނުމުން ތަހުނިޔާ ކިޔުމަކީ މައްސަލައެއް ނޫނެވެ. ރަމަޟާންމަސް އައުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ރޯދަމަހުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ބާރުއަޅުއްވާ އުޅުއްވިއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَتَاكُمْ رَمَضَانُ […]