ޖިބްރީލް ޙަދީޘްގެ ފައިދާތައް 3

50- ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން ދެ ޢަލާމާތް ޛިކުރުކުރެވިފައިވެއެވެ. އެއީ އަޅުއަންހެނާގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ. މިއީ ރަށްފުށު ހިސާބުތައް އާބާދުވުމާއި، ފަޤީރުން މުއްސަނދިވާނޭކަން ބަޔާންކުރުމަށްޓަކައި ބުނެއުޅޭ މަޖާޒެކެވެ. 51- ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި އަޅުން ގިނަވުން ހިމެނެއެވެ. އަޅުން ގިނަވެގެންގޮސް ދަރިފުޅު، މަންމަ އަޅެއްގެ ގޮތުގައި ގެންގުޅޭނެއެވެ. އޭނާއަށް ނޭނގޭ ޙާލުގައެވެ. ސާހިބުމީހެއްކަމުގައި […]