ކުޑަ ހަދަޘްވެރިޔާ ޤުރުއާން ކިޔެވިދާނެތަ؟
![](https://dhisalafiyyah.net/wp-content/uploads/2014/08/Quran.jpg)
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ކުޑަ ޙަދަޘްވެރިވެފައިވާމީހާ ޤުރުއާން ކިޔެވުމުގައި މައްސަލައެއް ނެތެވެ. އަދި އެއީ ހުއްދަ ކަމެއްކަމަށް އިޖުމާޢުވެފައިވާކަމަށް ބައެއް ޢިލްމުވެރިން ނަޤުލު ކުރައްވާފައިވެއެވެ. ޙަދަޘްވެރިވުމުގެ މައްސަލައަށް ބަލާއިރު ބަޔާންވެގެންވަނީ ކުޑަ ޙަދަޘްވެފައިވާ ޙާލު، ޤުރުއާން ކިޔަވަން ބޭނުން މީހެއްގެ މައްޗަށް ވުޟޫކުރުން ވާޖިބުވެގެން ނުވުމެވެ. އަދި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވަނީ، އެހާލަތުގައިވާމީހާ މުޞްޙަފުގައި ބީހުމާއި، ޖުނުބުވެރިވެފައިވާމީހާ ކިޔެވުމާ މެދުގައެވެ. ޖުމުހޫރު ޢިލްމުވެރިން އެދެކަން […]