[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހިނައިގަތުމުގެ ޞިފައާއި އެކަމުގެ ކައިފިއްޔަތު

ފަހެ،ޖުނުބުވެރިކަމުން ހިނައިގަތުމުގައި ދެގޮތެއް ވެއެވެ. އެއީ މުސްތަޙައްބުވެގެންވާ ގޮތާއި، ފުދިގެންވާގޮތެވެ. (كيفية الإجزاء) މުސްތަޙައްބުވެގެންވާ ގޮތަކީ: ދެއަތްތިލަ ދޮވެލުމާއި، އޭގެފަހުގައި ޢައުރަގުނަވަން ދޮވުމާއި، ޢައުރަގުނަވަނުގައި ޖެހިފައި ހުރި ހަޑިކަމެއް ހުރިހަމަ ފިލުވައިލުމާއި، އޭގެފަހުގައި ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރުމާއި، އޭގެފަހުގައި ބޮލަށް ފެންއެޅުމާއި އެފެން އެޅުމުގައި އަތުން ބޮލުގެ އިސްތަށިތައް ވިނަވައިލުމާއި، އެބަހީ ބޮލުގެ ހަންގަނޑުގައި ރަނގަޅަށް ފެންޖެހެންދެން އަތުގެ އިނގިލިތަކުން އިސްތަށީގެ ބުޑުގައި ޙަރަކާތްކުރުމެވެ. އޭގެފަހުގައި ތިން އަތްގޮށީގެ ފެން ބޮލަށް އޮއްސާލުމެވެ. އޭގެފަހުގައި ހަށިގަނޑުގެ އެހެންތަންތަނަށް […]