[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العصر ގެ ތަފުސީރު 4

ހަތަރުވަނަ ޞިފައަކީ: (وَتَوَاصَوْا بِالصَّبْرِ ) ލަފުޒީ މާނައީ: “އަދި އެބައިމީހުން ކެތްތެރިވުމަށް ވަޞިއްޔަތްކުޅައެވެ.” އެބަހުގެ މުރާދަކީ: އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކުޅައެވެ. ކެތްތެރިވުމަކީ އެމީހެއްގެ ނަފުސު ކުރަން އެކަށީގެންނުވާ ކަންކަމުން އަރައިގަތަނުދީ ހިފެހެއްޓުމެވެ. އަދި ޢިލްމުގެ އަހުލުވެރިން “ކެތްތެރިކަން”  ތިންބަޔަކަށް  ބައްސަވައެވެ. ފުރަތަމަ ބަޔަކީ: ﷲއަށް ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި ކެތްތެރިވާ ކެތްތެރިވުމެވެ. ދެވަނަބަޔަކީ: ﷲ ޙަރާމްކުރެއްވި ކަންކަން ނުކުރުމަށް ކެތްތެރިވާ ކެތްތެރިވުމެވެ. ތިންވަނަބަޔަކީ: ﷲގެ މިންވަރުފުޅަށް (ޤަދަރުފުޅަށް) ކެތްތެރިވުމާ ކެތްތެރިވުމެވެ. ހެޔޮޢަމަލުތައް ކުރުމަށް ކެތްތެރިވާ ކެތްތެރިވުން […]