“އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ” ޙަދީޘުގެ ފައިދާތައް2
އިންސާނާގެ އަޚުލާޤު ގޯސްވުމުގެ ބަލިމަޑުކަމަށް ނަމާދުގެ ސަބަބުން ފަރުވާލިބެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْـمُنْكَرِ[العنكبوت 45] މާނައީ: “ހަމަކަށަވަރުން ނަމާދަކީ ފާޙިޝްކަންތައްތަކާއި މުންކަރާތްތައް ނަހީކުރާ ކަމެކެވެ.” ނަމާދަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވާ ފަދައިން، ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ކަންތަކެވެ. ނަމާދު ރަނގަޅުވެއްޖެނަމަ އަޅާ ކާމިޔާބުވީއެވެ. އަދި ނަމާދު ރަނގަޅުނުވެއްޖެނަމަ އަޅާ ނާކާމިޔާބުވީއެވެ. ފަރުޟު ފަސްނަމާދަކީ ފާފަތައް ފުހެލާ ކަމެކެވެ. ނަމާދުގެ ފަރުޟަށް އިންކާރު ކުރުމާއެކު ނަމާދުއަޅާ […]