ދަޢުވަތު ސިލްސިލާ 14: (ﷲ سبحانه وتعالىގެ 99 އިސްމުފުޅު)

މިޕޯސްޓަރުގެ އެންމެ ބޮޑު މަޤްޞަދަކީ ﷲ ތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން ޞައްޙަމަގުން ޘާބިތުވެފައިވާ އިސްމުފުޅުތައް ދިވެހިރާއްޖޭގެ ލޮބުވެތި މުސްލިމު އަޚުންނަށާއި އުޚްތުންނަށް ބަޔާންކޮށްދިނުމެވެ.
سورة الماعون ގެ ތަފްސީރު – 3

ހަމަ އެފަދައިން މީސްތަކުންގެ މަޤުބޫލުކަން ހޯދުމަށްޓަކައި އަދި މުޖުތަމަޢުތެރޭގައި ބަސްވިކޭ މީހަކަށްވުމަށްޓަކައި އަޅުކަމެއްކޮށްފިނަމަ އަދި އެ އަޅުކަމުގެ މަޤުޞަދަކީ ﷲ އަށް ކުއްތަންވުން ކަމުގައި ނުވެއްޖެނަމަ، އަދި މީސްތަކުން “ހާދަ ހެޔޮ މީހެކޭ” ބުނުމަށްޓަކައި ދެއްކުންތެރިކަމާއި އެކު ޞަދަޤާތްކޮށްފިނަމަ، އަދި މީސްތަކުން “ހާދަ ރަނގަޅަށް ނަމާދުކުރާ މީހެކޭ” ބުނުމަށްޓަކައި ނަމާދު ރިވެތި ކުރާމީހާ ނުވަތަ މިފަދަ ކަންކަންކުރާ މީހުންނަކީ ދެއްކުންތެރިންނެވެ.