ޤުރުއާނުގެ އަލީގައި ދަރިން ތަރުބިޔަތު ކުރުން 2

ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުން ދެއްވާ ނިޢުމަތެއް ކަމާ މެދު ޝައްކެއް ނެތެވެ. ދަރިންގެ ނިޢުމަތަކީ އެއާއެކު އެތަކެއް ގިނަގުނަ ޒިންމާތަކެއް އެކުލެވިގެންވާ ނިޢުމަތެކެވެ. އެތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. ހަމަ ކަށަވަރުން އެ ނިޢުމަތަކީ އަމާނާތެކެވެ.