ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 40 “އިރުމަތީ ބިތުން ފިތުނަ ފާޅުވުން.”

ހ. އިރުމަތީ ބިތުން ފިތުނަ ފާޅުވުން: މުސްލިމުންގެ ތެރެއިން ފާޅުވާ އެންމެ ގިނަ ފިތުނަތައް ނުކުމެގެން އަންނަހުށީ قَرْنُ الشَّيْطَان (ޝައިޠާނާގެ ދަޅު)[1] އެދިމާއަކުން އަރައިގެން އަންނަ ފަރާތް ކަމުގައިވާ އިރުމަތީ ބިތުންނެވެ. އެއީ ރަޙުމަތުގެ ނަބިއްޔާ صلى الله عليه وسلم ދެއްވާފައިވާ ޚަބަރާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ފަހެ ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم އިރުމައްޗާ ވީފަރާތަށް ކުރިމަތިލައްވައި ޙަދީޘް ކުރައްވާތީ އިބްނު ޢުމަރު رضي الله عنه އެއްސެވި ކަމުގައި އައިސްފައިވެއެވެ: […]