سورة العاديات ގެ ތަފްސީރު – 3
﴿وَإِنَّهُ﴾ އެބަހީ އިންސާނާއީ ﴿لِحُبِّ الْخَيْرِ لَشَدِيدٌ﴾ “މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.” ‘الْخَيْر’ އެއީ މުދަލެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ﴿كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ﴾ [سورة البقرة: 180] އާޔަތުގެ މާނައީ: “ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރުއައިސް ހާޒިރުވާހިނދު އެމީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެމީހާގެ މިލްކުގައި، މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ވަޞިއްޔަތްކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ.” އެބަހީ […]