ކަހްފު ސޫރަތުގެ ތަރުޖަމާ 4-8
وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّـهُ وَلَدًا ﴿٤﴾ އަދި (އެފޮތް ބާވައިލެއްވުނީ) اللّه ތަޢާލާ ، ދަރިކަލަކު ހިއްޕެވިކަމަށް ބުނި މީހުންނަށް އިންޛާރު ކުރެއްވުމަށްޓަކައެވެ. مَّا لَهُم بِهِ مِنْ عِلْمٍ وَلَا لِآبَائِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴿٥﴾ އެއުރެންނަކަށް ، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް ޢިލްމެއް ލިބިގެނެއް ނުވެއެވެ. އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ! އެއުރެން އެ […]