[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 2

ފަހެ ދުނިޔޭގައި އިންސާނުން މަގު ގެއްލި ލިބެންވީ ޙައްްޤުތައް ނޭނގި، އަދާކުރަންވީ ޙައްޤުތައް ނޭނގި، އަނދިރިކަމާއި ނާމާންކަމާއި، ދަތި އުނދަގޫތަކެއްގައި ވަނިކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަޚްލޫޤުންނަށް އިޙްސާންތެރިވެ ވޮޑިގެން އެއިލާހުގެ ޢިލްމުތަކުގެ ތެރެއިން ޢިލްމުތައް ބަޔާންކޮށްދިނުމަށްޓަކައި ރަސޫލުންނާއި ނަބީން ފޮނުއްވަން ފެއްޓެވި ހިނދު ތިޔަބައިމީހުން ހަނދުމަކުރާހުށިކަމެވެ. ކޮންމެ ރަސޫލަކާއި ނަބީއަކުމެ ބަޔާންކުރައްވަމުން ގެންދެވި ރިސާލަތުގައި ހިމެނިގެންވާ އެކައްޗަކީ އެކިއެކި ޙައްޤުތަކެވެ. މީހުން އެކަކު އަނެކަކަށް އަދާކުރަން ޖެހޭ ޙައްޤުތަކާއި އަދި ލިބެން ޖެހޭނެ ޙައްޤުތަކެވެ. […]