ﷲ ތަޢާލާ ވޮޑިގެންވަނީ ކޮންތާކު؟
![](https://dhisalafiyyah.net/wp-content/uploads/2015/04/853297249.jpg)
ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ ﷲ ތަޢާލާ ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. އެއިލާހުގެ ޢަރުޝިކޮޅުވަނީ އުޑުތަކުގެ މަތީގައެވެ. ﷲ ތަޢާލާވޮޑިގެންވަނީ އެންމެ މަތީގައެވެ. އެއިލާހަށްވުރެ މަތީގައި އެއްވެސް އެއްޗެއްނުވެއެވެ. އެއިލާހަށްވުރެ ބޮޑު އެއްވެސް ފަރާތެއް ނުވެއެވެ. الله أعلى و أكبر . ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުގެ އަލީގައި އަދި އުއްމަތުގެ ސަލަފުންގެ އިޖްމާއުއިން މިކަން ޘާބިތުވެއެވެ. ﷲ ތަޢާލާ ގެ ވަޙީބަސްފުޅުގައި ވެއެވެ. الرَّحْمَـٰنُ عَلَى الْعَرْشِ اسْتَوَىٰ ﴿٥﴾ […]