މުސްލިމް އުޚްތާގެ ޝުޢޫރު!

ތިބާ އަހަންނާ ދިމާލަށް ބަލާފައި ތިޔަ ހީކުރަނީ އަހަންނަކީ އަނިޔާ ލިބިފައިވާ މީހެއް ކަމަށް ހެއްޔެވެ؟ ތިބާ އަހަރެންގެ ބޭރު ފުށަށް ބަލާފައި އަހަންނާމެދު ގޮތް ނިންމަނީ ހެއްޔެވެ؟ އަހަރެން ފަޚުރުވެރިކަމާއިއެކު ލައިގެން ހުންނަ ފޭރާމަށް ބަލާފައި ތިބާ އަހަންނާމެދު ހަމްދަރުދީ ވަނީހެއްޔެވެ؟ އެއީ، އަހަރެންގެ ހަށިގަނޑު ނިވާކޮށްފައި ހުރި ގޮތުންހެއްޔެވެ؟ *** އަހަރެންގެ ހަށިގަނޑަކީ ތިބާގެ ލޯ ހުއްޓައިގެން، ކަޅިޖަހާނުލާ ބެލުމަށްޓަކައި ވާ އެއްޗެއް ނޫނެވެ! އަހަރެންގެ ޗާލު ރީތި ވަނާތަކަކީ މަގުމަތީގައާއި އެކިތަންތާ ތިބޭހާ […]