ނަމާދު ( الصلاة ) – 9

މުސްލިމު ރަށެއްގެ ބަޔަކު ބަންގިއާއި ޤަމަތް އެއްކޮށް ދޫކޮށްލުމުގެ ޙުކުމު ރަށެއްގެ އަހުލުވެރިން އެކީ އެކަށް ބަންގި އާއި ޤަމަތް ގޮވުން ދޫކޮށްލައިފިނަމަ އެ ފަރުޟު ގެނެސްގަތުމަށް ދާންދެން އެބަޔަކާއި ހަނގުރާމަކުރެވޭނެއެވެ. އެކަންކުރާނީ އިމާމް މީހާއެވެ. އެއީ އެ ފަރުޟު ޤާއިމުކުރެވެންދެން، ތަޢުޒީރުކުރުމުގެ ގޮތުންނެވެ. އެއްވެސް ޙާލެއްގައި އެރަށުގެ އަހުލުވެރިންގެ މުދަލާއި ލޭ ހުއްދަކުރުމުގެ ގޮތުންނެއް ނޫނެވެ. އެއީ މުސްލިމުންނެވެ. އިމާމްމީހާ އެމީހުންނާއި ހަނގުރާމަކުރަނީ ތަޢުޒީރު ކުރުމުގެ ގޮތުންނެވެ. އެހެނީ ބަންގިއާއި ޤަމަތަކީ އިސްލާމީ ރައްތަކެއްކަމުގެ ޢަލާމާތެކެވެ. […]