ޖިންނީން (9)

ފަހެ އެބައިމީހުން މަތިވެރިކުރާ ޖިންނީންގެ ނަންތަކުން އެބައިމީހުން ހުވާކުރެއެވެ. އޭރުން ޖިންނީންގެ ކިބައިން އިންސާނުން އެދޭ ބައެއް ކަންތައްތައް އެ ޖިންނީން ފުއްދައިދެއެވެ. މިކަމުގެ ސަބަބުން އިންސާނުންގެ މައްޗަށް ޖިންނީން މަތިވެރިވެ ޝަރަފުވެރިވެއެވެ. އެހެނެއްކަމަކު ޖިންނީންނަށްވުރެ އިންސާނުން ޝަރަފުވެރިވެގެންވާކަމާއި އެބައިމީހުންގެ ޤަދަރު މަތިވެރިވެގެންވާކަން ޖިންނީންނަށް އެނގެއެވެ. އިންސާނުން ޖިންނީންގެ ގާތުން ރައްކާތެރިކަމަށް އެދޭނަމަ އޭނާގެ މިސާލަކީ، މީސްތަކުންގެ ތެރެއިން ބޮޑުން، ނިކަމެތިންގެ ގާތުން އޭނާގެ ޙާޖަތެއް ފުއްދައިދިނުމަށް އެދުންފަދަ ކަމެކެވެ.