ޖިންނީން (11)

އިންސާނާގެ ނަފްސު ނުވަތަ މިޒާޖު ފަސާދަވެއްޖެނަމަ އޭނާއަށް ގެއްލުންހުރި ކަންކަމަށް އެދުންވެރިވެއެވެ. އެފަދަ ކަންކަމަށް ލޯބިކުރުމުގެ ސަބަބުން އޭނާގެ ބުއްދިއާއި، ދީނާއި، އަޚްލާޤާއި، ހަށިގަނޑާ އަދި މުދާ ފަސާދަވެއެވެ. ޝައިޠާނާއަކީ އޭގެ ނަފްސުގައިވެސް ނުބައި އެއްޗެކެވެ. ފަހެ، ޝައިޠާނުން ލޯބިވާފަދަ ކުފުރާއި ޝިރުކު އެކުލެވޭ ރުޤްޔާތަކާއި، ހުވާތަކާއި، ރޫޙާނިއްޔަތާއި ސިޙުރުގެ ފޮތްތަކާ އަދި މިނޫންވެސް ކަންކަމުން ޝައިޠާނުންނާ ގާތްވާނަމަ އޭނާ އެއެދޭ ބައެއް ކަންތައް އެބައިމީހުން ކޮށްދެއެވެ. އެއީ އެބައިމީހުންނަށް ރިޝްވަތު ދިނުންފަދަ ކަމެކެވެ. އެއީ މިޘާލަކަށް […]