سورة الفاتحة ގެ ތަފްސީރު – 5

ﷲ ތަޢާލާގެ ވަޙީބަސްފުޅު: ( لله ) މާނައީ: ( ﷲ އަށެވެ.) މި ކަލިމައިގައި މިވާ ل ގައި ޢަރަބި ބަހުގައި ދެ މާނައެއް ވެއެވެ. އެއީ الاختصاص ގެ މާނައާއި الاستحقاق ގެ މާނައެވެ. الاختصاص ގެ މާނަ އައިސްފައި އޮތުމުން ދޭހަވަނީ ﷲ އަށް ޚާއްޞަކޮށް ޙަމްދުލިބިވޮޑިގެންވާ ކަމެވެ. އަދި الستحقاق ގެ މާނަ އައުމުން އެނގިގެންދަނި އެ ޙަމްދުލިބިވޮޑިގެންވަނީ ﷲ އަށް ކަމެވެ. މި ކަލިމައިގައި ވާ ” ﷲ” އަކީ އަހަރެމެންގެ ރައްބުގެ ނަންފުޅެވެ. މި ނަމުން އެއިލާހު ފިޔަވައިން އެހެން ފަރާތަކަށް ނަންކީގެން ނުވެއެވެ. މި ކަލިމައިގެ މާނައަކީ ލޯތްބާއި މަތިވެރިކުރުމާއިއެކު އެފަރާތަކަށް އަޅުކަންކުރެވޭ ފަރާތެވެ.