ދަޢުވަތު ދިނުމުގެ ގޮތުން ދަތުރުތައް އިންތިޒާމުކުރުމުގެ ޙުކުމް

ސުވާލު: އަޅުގަނޑު ދިރިއުޅެމުން މިދާތަނުގައި، އަހަރުގެ ބައެއް ދުވަސްތަކުގައި މީސްތަކުންނަށް ދަޢުވަތު ދިނުމުގެ ގޮތުން ދަތުރުތައް އިންތިޒާމު ކުރެއެވެ. އެ ދަތުރުތަކުގައި ޢާއްމުގޮތެއްގައި ކުރާކަމަކީ އެދަތުރުތަކުގެ ބައިވެރިންނަށް އިސްލާމްދީނާބެހޭ ތަޢުލީމު އުނގަންނައިދިނުމެވެ. އަދި މި ދަޢުވަތު ދަތުރުތަކުގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ ޝައިޚުން ބައިވެރިންނަށް މުޙާޟަރާތައް (ދަރުސްތައް) ދިނުމާއި ބައެއް ކުޅިވަރުގެ ޙަރަކާތްތަކެވެ. މި ދަތުރުތައް އިންތިޒާމުކުރާ ފަރާތްތަކުން އެކަމަށް ބޭނުންވާ ޚަރަދު ބަރަދު ވެސް ހަމަޖައްސައެވެ. އެގޮތުން ރޭގަނޑު ނިދުމާއި ކެއިން ބުއިމުގެ އިންތިޒާމުގެ އިތުރުން، […]