އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 33

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަނބިކަނބަލުން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާއަކީވެސް ފިޤުހު ޢިލްމުގައި ނަންވިދާލާ ބޭކަނބަލެކެވެ. އިމާމް އައް ނަވަވީ ވިދާޅުވެފައިވެއެވެ. ” އެކަމަނާއަކީ ޢިލްމު ޙާޞިލްކުރައްވާފައިވާ އަންހެނުންގެ ތެރެއިން އެންމެ ވިސްނުން ތޫނު ކަމަނާއެވެ.” ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަނބިކަނބަލުން އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ އުންމު ސަލަމާ އަކީވެސް ޢިލްމުވެރިއެކެވެ. އެކަމަނާގެ އަރިހުން ޙަދީޘް އުނގެނިވަޑައިގެން 32 ޢިލްމުވެރިންވާކަމުގައި އިބުން ޙަޖަރު ވިދާޅުވެފައިވެއެވެ. = ނުނިމޭ = _________________________ މިލިޔުމުގެ އެހެނިހެން […]