ޖިންނީން (15)

ޖިންނީންނަކީ ބުއްދިދެއްވާފައިވާ ދިރޭ އެއްޗެކެވެ. އެސޮރުމެންނަށް އަމުރުކުރައްވާފައިވާ ކަންތައްތަކާއި ނަހީކުރައްވާފައިވާ ކަންތައްތައް ވެއެވެ. އަދި އެސޮރުމެންނަށް ޘަވާބާއި ޢަޛާބުވެއެވެ. ނަބިއްޔާ صلى الله عليه وسلم އެސޮރުމެންގެ ގާތަށް ފޮނުއްވާފައިވުމުން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމުގައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެހެން އިންސާނުންނާމެދު ޢަމަލުކުރާގޮތަށް އެސޮރުމެންނާމެދުވެސް ޢަމަލުކުރުމަށެވެ. އަދި ﷲ ތަޢާލާއަށާއި، އެއިލާހު ޝަރުޢުކުރައްވާފައިވާކަންކަމަށް ނަބިއްޔާ صلى الله عليه وسلم އެސޮރުމެންނަށް ދަޢުވަތުދެއްވިފަދައިން ދަޢުވަތުވޭންވާނެއެވެ. އަދި ޖިންނީންގެ ތެރެއިން ނުކިޔަމަންތެރިވާ ޖިންނީންނާމެދު ކަންތައްކުރަންޖެހޭނީ އިންސީންގެ ތެރެއިން […]