އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 35

ސައްޔިދާ ނަފީސާ މިކަނާއަކީވެސް ޢިލްމުގެ މައިދާނުގައި އަރާހުންނެވި ތަރިއެކެވެ. އެކަމަނާގެ އަރިހުން އެތައް ބޭކަލުންނެއް ދަރިވަރިވެފައިވެއެވެ. އިމާމް ޝާފިޢީ އަކީވެސް މިކަމަނާގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވި ޢިލްމުވެރިއެކެވެ. އުންމު އައްދަރުދާ އައްދަރުދާގެ މަންމަ އުންމު އައްދަރުދާއަކީވެސް ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ޙަދީޘް ޢިލްމުގެ ބޭކަނބަލެކެވެ. ޢައިޝާ ބިންތު ސަޢުދު ބުން އަބީ ވައްޤާޞް އެއީ އިސްލާމް ދީނުގެ ޢިލްމުތައް ވަރަށް ރަނގަޅަށް އުނގެނިގެން ހުންނެވި ބޭކަނބަލެކެވެ. އެކަމަނާގެ އަރިހުން ދަރިވަރުވެވަޑައިގެން ބޭކަލުންގެ ތެރޭގަައި މަޝްހޫރު ފިޤުހު ޢިލްމުވެރިޔާ އަދި […]