سورة الفاتحة ގެ ތަފްސީރު – 10

ﷲ ތަޢާލާގެ ވަޙީބަސްފުޅު: (اِهْدِنَا الصِّرَاطَ الْمُسْتَقِيْمَ) މާނައީ: ” އަޅަމެއްނަށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ދައްކަވާނދޭވެ! “ (الصِرَاطُ) މި ބަހުގައި ދެ ޤިރާއަތެއް ވެއެވެ. އެއް ޤިރާއަތުގައި ވަނީ “ސީން” އަކާއި އެކީގައެވެ. އެއީ (السِرَاطُ) މިފަދައިންނެވެ. އަނެއް ޤިރާއަތުގައި ވަނީ “ޞޯދު” އަކާއި އެކީގައެވެ. އެއީ (الصِرَاطُ) މިފަދައިންނެވެ. (الصراط) ގެ މާނައަކީ މަގެވެ. އަދި މި އާޔަތުގައި މިވާ މަގުގެ މުރާދައަކީ ﷲ ތަޢާލާގެ ހިދާޔަތެވެ. ހިދާޔަތުގެ ދެ ވައްތަރެއްވެއެވެ. […]