އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 37

އެގޮތުން އަންހެނާ ވަޒީފާއަށް ނުކުތުކުގެ ކުރިން ބަލާލަން ޖެހޭ ބައެއް ކަންތައްތައް އެބަހުއްޓެވެ. އޭނާ ކޮންމެހެން ވަޒީފާއެއް އަދާކުރުމަށް ޙާޖަތެއް އޮތުން އެވަޒީފާއަކީ އަންހެނަކަށް އެކަށީގެންވާފަދަ ވަޒީފާއެއް ކަމުގައިވުން އެވަޒީފާ އަދާކުރުމުގައި ހިލޭފިރިހެނުންނާއި މަސްހުނިނުވާ ގޮތުގައި ވަޒީފާގެ މާހައުލު އޮތުން އިސްލާމްދީނުގައިވާ ފުރިހަމަ ޙިޖާބުން ޙިޖާބުވެގެންހުރެ އަދާކުރެވޭ ވަޒީފާއަކަށްވުން މަހުރަމަކާ ނުލައި ދަތުރުނުކުރުން ވަޒީފާ އަދާކުރުމުގައި އެއްވެސް ޙަރާމްކަމެއް ކުރުމަށް ނުޖެހުން އޭނާގެ މައްޗަށްވާ ވާޖިބުތަކަށް ހުރަސްއެޅޭ ކަމެއްކަމުގައި އެވަޒީފާ ނުވުން މިކަންކަން ފުރިހަމަވާ ގޮތުގެ މަތިން […]