އިފްކުގެ ޙާދިޘާ 2

ރަސޫލާ صلى الله عليه وسلم ރަށުން ބޭރަށް ދަތުރުފުޅަކު ނިކުމެވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ އަނބިކަބަލުންގެ ތެރެއިން އަނބިކަނބަލެއް އަރިހުގައި ގެންދަވަން ބޭނުންފުޅުވެވަޑައިގެންފިނަމަ އެންމެހާ އަނބިކަނަބަލުންގެ މެދުގައި ގުރުލައްވައެވެ. އަދި އެދަތުރެއްގައި ދިޔުމަށް ފުރުޞަތުލިބިވަޑައިގަންވާ އަނބިކަނބަލެއް އެކަލޭގެފާނުގެ އަރިހުގައި ގެންދަވައެވެ. އެގޮތުގެމަތިން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ބަނުލްމުޞްޠޮލިޤް ހަނގުރާމައަށް ނިކުމެވަޑައިގަތުމައްޓަކައި އަރިހުގައި ގެންދަވާނެ އަނބިކަނބަލެއް ޚިޔާރުކުރެއްވުމައްޓަކައި އެކަލޭގެފާނގެ އަނބިކަނބަލުންގެ މެދުގައި ގުރުނެންގެވިއެވެ. އަދި ކަންދިމާކުރިގޮތުން އެދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު […]