ޢިބުރަތްތެރިވާހަކަ: އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ބިރުވެތިވާށެވެ.

ހިޝާމް ބިން ޢުރްވާ އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރައްވައެވެ. އަރްވާ ބިންތި އުވައިސް ޞަޙާބީ ބޭކަލެއްކަމަށްވާ ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހުއާއި މެދުގައި އެކަލޭގެފާނުގެ އެކަނބުލޭގެ ބިމުން ބައެއް އެކަލޭގެފާނުގެ ބިމަށް އިތުރުކޮށްފައިވާ ކަމަށް ދަޢުވާކޮށްފިއެވެ. އަދި ޚަލީފާ މަރުވާން ބިން ޙަކަމްގެ އަރިހަށް އެމައްސަލަ ހުށައަޅައިފިއެވެ. އެމައްސަލަ ހުށައެޅުމުން ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން މިބަސްފުޅު އިވުމުންވެސް ތިމަންކަލޭގެފާނު އެކަމަނާގެ ބިމުން ބައެއް ނަގާފައެވެ.(ނެގީހެއްޔެވެ؟) […]